ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި 73 އެއްވުމެއް ބޭއްވިއިރު، ފުލުހުން ގެންގޮސް ސުވާލު ކުރީ އެންމެ 12 މީހުންނާ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވެއްޖެއެވެ.

އެއް އަހަރު ފަހުން، ރައީސް މުއިއްޒު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި 36 ނޫސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި، ހުއްދަ ނެގުމަކާ ނުލައި އެއްވެވޭނެ 3 ތަނެއް، ހޯމް މިނިސްޓްރީން ކަނޑައަޅުއްވައިދެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއްވެ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި، މިހައިތަނަށް 73 އެއްވުން ބޭއްވިއިރު، ސުވާލު ކުރީ 12 މީހުންނާ ކަމަށެވެ.

”532 ދުވަސް މި ސަރުކާރަށް މިއަދާ ހަމައަށް ވީއިރުގަ، 12 މީހަކު އަޅުގަނޑުމެން ކަމެއްގަ މި ގެނައީ، އެއީ، ޕްރޮޓެސްޓަކަށް 0.16“ ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ޒުވާނުން ބޭއްވި އެއްވުންތަކުގައި ދެ މީހަކު ހައްޔަރު ކުރުމާ ހަމައަށް، ސިލްސިލާކޮށް ބާއްވަމުންދިޔަ، އެ އެއްވުންތަކުގައި ވެސް މީހަކު ހައްޔަރު ނުކުރާކަން ރައީީސް މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.