ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު ކަމަށް އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އައްޔަންކުރައްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު، އެ މަގާމަށް އައްޔަނު ކުރެއްވީ، ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ނެރުއްވި ގަރާރަކުންނެވެ.

މި ނިންމެވުމާއެކުގައި ކެބިނެޓްގެ ބައެއް މަގާމުތަކަށް ވެސް ބަދަލު ގެންނަވާފައެވެ. އެގޮތުން ރަސްގެފާނުގެ ދަރިކަލުން ޕްރިންސް ހާލިދު ބިން ސަލްމާން އަލް ސައުދު ވަނީ އެގައުމުގެ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

 

 

ރަސްގެފާނުގެ އިތުރު ދަރިކަލެއް ކަމަށްވާ ޕްރިންސް އަބްދުލް އަޒީޒް ބިން ސަލްމާން އަލް ސައުދު ވަނީ އެނާޖީ މިނިސްޓަރު ކަމަށްވެސް އައްޔަން ކުރައްވާފައެވެ.

ސައުދީގެ ބޮޑުވަޒީރު ކަމަށް ޕްރިންސް މުހައްމަދު އައްޔަނު ކުރައްވައި، އެގައުމުގެ ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައި ސަބަބު ހާމަކުރައްވާފައެއް ނުވެެއެވެ.