ފަނޑިޔާރުގޭގެ މިނިވަންކަމާއި، ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި މި ސަރުކާރު އަބަދުވެސް ދެމި އޮންނާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ، ރައީސް ޑރނމުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ދާއިރާގެ ކަންކަމަށް އަތްބާނައި، ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

އަދި ޑިއު ޕްރޮސެސް ފުރިހަމަ ކުރުމަށް މި ސަރުކާރުން ޖާގަ ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ފެންމަތިވެގެން މި އުޅޭ މައްސަލައަކީވެސް ޖޭއެސްސީ އިން ތަހުގީގު ހިންގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުން ދެ ފަނޑިޔާރަކު ވަކި ކުރުމަށް ފާސްކޮށްފައިވާ މައްސަލައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ފަނޑިޔާރުގޭގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި މި ސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުންވެސް ވާހަކަ ދައްކަވާއިރު ޒިންމާދާރުކަމާއެކު ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ.