ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިންގީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ 11 ވަނަ ޓަވަރު ކައިރީގައި ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 11:51 ހާއިރުއެވެ.

މި މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.