އަމީނީ މަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

Ads by Asuru

ރައީސް ނަޝީދު ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

އެ ލޯ ފާމުގެ ޓްވިޓަރ އެކައުންޓުން ކުރި  ޓްވީޓެއްގައި ބުނެފައިވަނީ، އެ ލޯ ފާމުގެ މުވައްކިލު ނަޝީދުގެ ފަރާތުން މާދަމާގެ ވަގުތެއްގައި ކޯޓަށް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ގަސްތައް ކެނޑުން ހުއްޓުވުމަށްއެދި އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ގަސްތައް ކަނޑައިފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުމެއް ލިބޭނެކަމަށް ބުނެއެވެ.

މާދަމާ ކޯޓަށް މައްސަލަ ހުށަހަޅާއިރު އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށްވެސް އެދޭނެކަމަށް އެ ލޯ ފާމުން ބުނެފައިވެއެވެ.