އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް އަނެއްކާވެސް ހާއްސަ އޮފާއެއް، އެކުންފުނިން މިވަނީ ތައާރަފު ކޮށްފައެވެ.

Ads by Asuru

އެގޮތުން އުރީދޫގެ ކްލަބް ޕްރިމިއަރގެ މެމްބަރުންނަށް ލޮލުގެ ސްކްރީނިން ހިލޭ ހަދައިދޭ އޮފާއެއް މިދިޔަ ހޯމަ ދުވަހު ވަނީ ފަށައިފައެވެ. މި ހާއްސަ އޮފަރގެ ދަށުން، އުރީދޫ ކްލަބް ޕްރިމިއަރގެ ކަސްޓަމަރުންނަށް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހިލޭ ލޮލުގެ ސްކްރީނިން ހެދޭނެއެވެ.

ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމް އަށް ވުރެ މަތީގެ ޕެކޭޖެއް ނެގުމުން ނުވަތަ 1،000 ރުފިޔާއަށްވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ގެންގުޅޭ ކަސްޓަމަރުންނަށެވެ.

އުރީދޫން އަންނަނީ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އެކި ކަންކަން ހުށަހަޅަމުންނެވެ.