ޕްރައިވެޓް ސެކިއުރިޓީސް ސެގްމަންޓް އޮޕަރޭޓްކުރުމަށް އެކުލަވާލި ޕްލެޓްފޯމް ”ވިޔަނަ“ އިފްތިތާހުކޮށްފިއެވެ.

Ads by Asuru

މިއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ގާއިމުކުރި ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް، ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕްރައިވެޓް ކުންފުނިތަކަށް ލިބޭއިރު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްނަމަ ވިޔަނަ ޕްލެޓްފޯމް މެދުވެރިކޮށް ހިއްސާ ވިއްކޭނެއެވެ.

މި ޕްލެޓްފޯމް ބޭނުން ކުރެވުމުގެ މައިގަނޑު ޝަރުތަކީ ކުންފުންޏަކީ އެއް އަހަރު ވެފައިވާ ވިޔަފާރި ކުންފުންޏަކަށްވުމާއި އެއް އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓެއް ހުށަހެޅުމެވެ.