އިދިކޮޅު ލީޑަރު، އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް، މިއަދު ދ.ކުޑަހުވަދޫއަށް ވަޑައިގެންފިއެވެ.

Ads by Asuru

ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް އެރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެެއެވެ.

ކުޑަހުވަދޫއިން ރައީސް ޔާމީނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި–

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި، ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނާއި، ޕީއެންސީގެ ނައިބު ރައީސުން ކަަމަށްވާ މުހައްމަދު ހުސައިން ޝަރީފާއި، މުހައްމަދު ސައީދުގެ އިތުރުން އިބްރާހީމް ޝުޖާއުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ޔާމީނަށް ކުޑަހުވަދޫއިން ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި–

ރައީސް ޔާމީން މިރޭ، ކުޑަހުވަދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނު ކުޑަހުވަދޫއަށް ވަޑައިގެންފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެހެން ސިޔާސީ ޕާޓީތަކުންވެސް އަތޮޅުތެރެއަށް ދަތުރުތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.