ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖުވެރިން މިއަދު އެނބުރި އަންނަން ފެށުމާ އެކީ އެ މީހުންނާ ހާއްސަކޮށް ފުލޫ ކްލިނިކްތަކެއް ގާއިމު ކޮށްފިއެވެ.

މި ކްލިނިކްތައް ގާއިމުކުރީ އައިޖިއެމްޗާއި ހުޅުމާލެ ހޮސްޕިޓަލްގައެެވެ.

ހައްޖުގެ އަޅުކަމުން އެނބުރި އައުމަށް ފަހު، ބައްޔެއްގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އަދި ސިއްހީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ކްލިނިކަކަށް ދިއުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.

ފުލޫ ކްލިނިކަށް ދާ ހުރިހާ މީހުން ވެސް ފުރަތަމަ އީއާރް ޓްރިއޭޖް ކައުންޓަރަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކިއުބީން ފުލޫ ކްލިނިކުގެ ނަމްބަރެއް ނެގުމަށް ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗްގައި ގާއިމު ކޮށްފައިވާ ފުލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކުރިއަށްދާނެއެވެ.

އަދި މިކްލިނިކްގެ ހިދުމަތް ދެނީ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 އިންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކްލިނިކްގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެ ސް މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށް ލިބޭނެއެވެ.