ވާނުވާ ބަންދުގައި ތިބި 10 މީހަކު އިލެކްޓްރޯނިކް ނިޒާމުގެތެރެއިން ޓެގް އަޅުވައި ދޫކޮށްލައިފިއެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމަށެވެ.

ޝަރީއަތް ކުރިއަށް ނުގޮސް، ލަސްވެ ވާނުވާ ބަންދުގައި ހަ އަހަރު ވެފައިތިބި މީހުންވެސް ޖަލުތަކުގައި ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ޓެގު އަޅުވާ މީހުން ދޫކުރަން ފަށާފައިވާއިރު، މި ޓެގަކީ މީހާ ހަރަކާތްތެރިވާ ތަން 24 ގަޑިއިރު މޮނިޓަރކުރެވޭ ޑިވައިސްއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”ފުރިހަމައަށް މޮނިޓަރ ކުރެވޭގޮތަށް މީހުން ދޫކުރަނީ. މިހާތަނަށް 10 މީހުން، ޓެގުއަޅުވައި ވަނީ ދޫކޮށްލާފައި.“ އިހުސާން ވިދާޅުވިއެވެ.

މި ނިޒާމުގެ ތެރެއިން މީހުން ދޫކޮށްލާއިރު، މުޖްތަމައުއަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ދުލެއް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވޯ ޓެގުގެ ޒަރިއްޔާއިން ދޫކުރާ މީހުން ރަނގަޅަށް ބެލެހެއްޓޭނެ ކަމުގައެވެ.

”ވާނުވާ ބަންދު“ގައި ތިބި މީހުންނަށް ލުއި ދިނުމަކީ ރައީީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.