ދުވާލަކު 1000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފިއެވެ.

މިކަން ހާމަކޮށް އެމްޑަބްލިޔުޔުއެސްސީން ބުނީ މި ފެންޕްލާންޓް ބަހައްޓާފައިވަނީ މާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ކަމަށެވެ.

އަލަށް ބެހެއްޓުނު މި ޕްލާންޓާއެކު މާލޭގައި ދުވާލަކު 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި އައު ޕްލާންޓުގެ ސަބަބުން، މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ދިނުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.