”މޭވާތަކުގެ ރަސްގެފާނު“ ގެ ނަމުން ނަން ދީފައިވާ އަނބަކީ މުޅި ދުނިޔޭގައި ވެސް އެންމެ ކަމުދާ އަދި ހިތްގައިމު ”ޓްރޮޕިކަލް“ މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާއެކެވެ.

އޭގެ މީރު ރަހައާއި، މުއްސަނދި ރަންކުލައަށް މަޝްހޫރު، އަނބަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް އުފާވެރިކަން ގެނެސްދޭ މޭވާއެކެވެ.

އަނބަކީ ސިއްހީ ގޮތުން ލިބޭ ފައިދާތަކުގެ ލިސްޓު ވެސް ގިނަ އެއްޗެކެވެ.

 

 

މިއީ ހަމުގެ ދުޅަހެޔޮކަމާއި ލޮލުގެ ފެނުމާއި ދިފާއީ ނިޒާމަށް ފައިދާހުރިވިޓަމިން އޭ އަދި ސީ ލިއްބައިދޭ މޭވާއެކެވެ. އަދި ވިޓަމިން އޭ އިން ވެސް މުއްސަނދި ވެފައިވާ އެއްޗެކެވެ.

މިއީ ކޮލެޖަން އުފެއްދުމަށާއި ހަންގަނޑު ތާޒާ ކުރުމަށް މަގުފަހިކޮށްދީ، ހަންގަނޑަށް ދުޅަހެޔޮ އަލިކަމެއް ގެނެސްދޭ އެއްޗެކެވެ.

 

 

އިމިއުނިޓީ ވަރުގަދަކޮށްދޭ މި މޭވާގައި ވިޓަމިން ސީ، ވިޓަމިން އޭ އަދި އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް ހުރުމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް، އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

 

 

މީގެ އިތުރުން، އަނބުގައި އެކުލެވިގެންވާ މެގްނީޒިއަމް އަދި ޕޮޓޭސިއަމްގެ ސަބަބުން ތިބާގެ ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންވަރެއްގައި ހިފަހައްޓައިވެސް ދޭނެއެވެ.