ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް އުފުލި 40 ދައުވާ ސާބިތުވެ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

Ads by Asuru

މިމައްސަލައިގައި އަލަމްގިރްގެ މައްޗަށް އުފުލީ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެވެ. އެ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އިއްވި ހުކުމުގައި ކޮންމެ ދައުވާއެއްގެ އަދަބަކަށް ދީފައިވަނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ޖުމުލަ ދެ އަހަރެއްހާ ދުވަަހުގެ ޖަލު ހުކުމެކެވެ.

އަލަމްގީރްގެ މައްޗަށް އިތުރު 40 ދައުވާ އުފުލިއިރު މީގެކުރިން އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާ ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.