ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑުން 5،000 ރުފިޔާ ޖަމާކޮށްދީފިއެވެ.

ފަގީރުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވަނީ 2،852 މީހުންނެވެ.

މުދަލު ޒަކާާތުގެ ގޮތުގައި ކޮންމެ މީހަކަށް 5000 ރުފިޔާ އިއްޔެ ދޫކުރިއިރު، މިއީ މިދިޔަ އަހަރު ފަގީރުންނަށް ޖަމާކުރި އަދަދާ އަޅާބަލާއިރު 1،000 ރުފިޔާ ބޮޑު އަދަދެވެ.
ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް މިދިޔަ އަހަރު ޒަކާތު ފަންޑުން ޖަމާކޮށްދިނީ 4،000 ރުފިޔާއެވެ.

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ލިބިފައިވަނީ 13.2 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު ލިބުނީ 12.7 މިލިއަން ރުފިޔާއެވެ.