ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ އިސްބޭފުޅުން އަތޮޅުތެރެއަށް ދަތުރުތަކެއް ފަށައިފިއެވެ.

އެ ޕާޓީގެ ޓީމުތަކެއް މިހާރު އ.އ އަތޮޅާއި ރ. އަތޮޅާއި ނ. އަތޮޅުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ދަތުރުގެ ތެރެއިން ރ. ހުޅުދުއްފާރުގައި ޕީއެންސީގެ ސްޓިއަރިންގް ކޮމިޓީއާ ވެސް ބައްދަލުކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމް ކުރުމާއި، ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

ވެލިދޫގެ ޕާޓީގެ ސްޓިއަރިންގް ކޮމިޓީއާ ވެސް އެ އަތޮޅަށް ދިޔަ ޓީމުން ބައްދަލުކުރިއެވެ. އަދި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތަކެއްކޮށްފައިވާ ކަމަށް ޕާޓީން ބުނެއެވެ.

މީގެ އިތުރުން، ލީޑަރޝިޕްގެ ޓީމުން އއ. ތޮއްޑޫގެ ޕާޓީގެ ސްޓިއަރިންގް ކޮމިޓީއާވެސް ބައްދަލު ކުރައްވައިފައިވެއެވެ.

މި ބައްދަލުވުމުގައި ރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމް ކުރުމާއި، ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރު ކުރުމުގެ އިތުރުން، މެންބަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.