ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިހު އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމި މިސްކިތުގެ ބިންގާ އަޅައިފިއެވެ.
ހާޓްއެޓޭކެއް ޖެހިވަޑައިގެން އެއާޕޯޓްގައި ފަރީދު އަވަހާރަވީ، މެކޭޝިއާއަށް ވަޑައިގެންނެވިތަނާ މި މަހުގެ 9 ގައެވެ. ޝެއިހުގެ ޖަނާޒާ ވެސް ބޭއްވީ އެ ގައުމުގައެވެ.
ދިވެހިންގެ އެހީގައި ޝެއިހުގެ ހަނދާނުގައި މިސްކިތް ބިނާކުރާ ހިދުމަތް ޖަމިއްޔާގެ ޓީމުން އިއްޔެ ވަނީ މިސްކިތުގެ ބިންގާ އަޅާ ވީޑިއޯއެއް އާންމުކޮށްފައެވެ.
މިސްކިތުގެ ބިންގާ އަޅައި ދިނީ ފަރީދުގެ ދެ ދަރިން ކަމުގައިވާ އަބްދުﷲ ފަރީދާއި މުހައްމަދު ފަރީދެވެ.ފަ
ޝެއިހު ފަރީދުގެ ހަނދާނުގައި މިސްކިތެއް އެޅުމަށް އެހިވާން ހުޅުވައިލިތާ މާ ގިނަ އިރުތަކެއް ނުވަނީސް މިސްކިތް ބިނާކުރަން ބޭނުންވާނެ އަދަދަށް ފައިސާގެ އެހީ ލިބިފައިވެއެވެ.
ހިދުމަތް ޖަމުއިއްޔާ އިން ބުނީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާނީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

