މޯލްޑިވްސް އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައެއްގައި ކޮލަމްބިއާގެ އަންހެނެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އިމިގްރޭޝަނުން ހޯދަމުންދަނީ އުމުރުން 35 އަހަރުގެ ލައުރާ މާސޭޑީސް ގުއެރާ އެސްކުއެދުރޯ ނަމަކަށް ކިޔާ އަންހެނެކެވެ.

އިމިގްރޭޝަންގެ އިއުލާންގައި ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހާޒިރުވުމަށް އަންގާފައެވެ.

އޭނާ ހާޒިރުވާންޖެހޭނީ ހެނދުނު 8:00 އާއި މެންދުރުފަހު 2:00 އާ ދެމެދުގެ ވަގުތެއްގައެވެ.

އެހެންނަމަވެސް އެއީ ކޮން މައްސަލައެއްގައި ހޯދަމުންދާ މީހެއްކަން އިމިގްރޭޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.