ޕްރޮޖެކްޓް ސޯލަރ ސިޓީ“ އަކީ ދިވެހިރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި، ”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) އެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ ދަށުން 12 ޖަނަވަރީ 2025 ގައި ޝާއިއު ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 1/2025 އިން، މީގެ ކުރިން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި ”ޕްރޮޖެކްޓް ސޯލަރ ސިޓީ“ ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށް ޓަކައި އޭ.ޕީ.އެމް އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި ”ޕްރޮޖެކްޓް ސޯލަރ ސިޓީ“ ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:

1. 100 މެގަވޯޓް ގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން.

2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމް.އައި.ސީ.އީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުން.

3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން

4. ރިއަލް އެސްޓޭޓް ތަރައްޤީކުރުން

މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ގަރާރުގެ ބައެއްގެ ގޮތުގައި ޝާއިއު ކުރައްވާފައެވެ.