ގދ. ރަތަފަންދޫ ބަނދަރު މަރާމާތުކޮށް އިތުރަށް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ”ޑިޒައިން އެންޑް ބިލްޑް“ އުސޫލުންނެވެ.
މި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 221 މީޓަރުގެ ބޭރު ތޮށި ލުމާއި، ކަނޑިންމާ ބައްތި ހަރުކުރުމާއި، 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި، ވެލި އެއްވަރުކުރުން ހިމެނެއެވެ.
މަޝްރޫއުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިންނެވެ.
އަދި ބިޑު ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

