އެމެރިކާގެ ޓެކްސަސްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެމެރިކާގެ ރައީސް ޓްރަމްޕަށް ރައީސް ފޮނުއްވި މެސެޖުގައި، ފެންބޮވި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވި ކަމަށެވެ.
މެސެޖުގައި ރައީސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށާއި މީހުން ސަލާމަތް ކުރުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.
ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް، އެމީހުންގެ ކުރީގެ ދިރިއުޅުން އަވަސް މުސްތަގުބަލެއްގައި އަލުން އިއާދަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓެކްސަސްގެ މެދުތެރޭ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުގައި އޮންނަ ގުއާޑަލުޕޭ ކޯރު މިދިޔަ ހުކުރު ދުވަހު ބަންޑުން ވުމުގެ ސަބަބުން 67 މީހުން ވަނީ މަރުވެފައެވެ.

