އަމާޒަކީ މި ފަސް އަހަރުތެރޭ 500 ހާފިޒުން ބިނާކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މި ފަސް އަހަރު ތެރޭ 500 އެއްހާ ހާފިޒުން ބިނާކުރުމަށް ކަމަށެވެ.
އަދި މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް ކަމަށާއި މި މަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާފިޒުންގެ އެލަވަންސް ވެސް ބޮޑު ކުރައްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ ހާފިޒުކަމުގެ އިމްތިހާނު ނިންމާ ފުރިހަމަ ކާމިޔާބީއެއް ހޯދެއްވި އަލް ހާފިޒު މުހައްމަދު ނައިސަމް ނަސީމްއާއި ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ ނައިސަމްގެ ކާމިޔާބީއަށް މަރުހަބާ ދަންނަވާ، ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާފަައެވެ.
ނައިސަމް ނަސީމް ޤުރުއާން ހިތުދަސް ކުރެއްވުމަކީ ވަރަށް ހާއްސަ ކަމެއްކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

