ފެނަކައިގެ ޗެއާމަންގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އައްޔަނު ކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރީ އިއްޔެއެވެ.

ފެނަކައިގެ ޗެއާމަން ކަމުގައި ޝާމްގެ ކުރިން ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްއެވެ.

ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝާމް އައްޔަންކޮށްފައިވާ ކަމަށް ޕްރައިޕްރައިވެޓައިޒޭޝަން ބޯޑުންވެސް ވަނީ އިއުލާންކޮށްފައެވެ.

ޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް ފެނަކައިގެ ޗެއާޕާސަންކަމުގެ މަގާމު އަދާކުރައްވައިފައެވެ.