މުދަލު ޒަކާތް ދައްކާ މިންވަރު ދެގުނަ އިތުރުވެއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޖޫން މަހުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު އެ އިދާރާއަށް މުދަލު ޒަކާތުގެ ގޮތުގައި 10.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެ އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، 145 އިންސައްތަ ނުވަތަ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ޖުމްލަ 61.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 50.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.
މި ވަގުތު މުދަލު ޒަކާތުގެ ނިސާބަކީ 9264.15ރ.އެވެ.

