ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރި އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު ފެނިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޒަކަރިއްޔާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމަށް ގދ.ގަމަށް ގޮސް އުޅުނު އާންމުންގެ ބަޔަކަށް ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ލައްގާފައި އޮއްވައެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ، މިއަދު 11:43 ހާއިރު ގަމުގެ
ޒަކަރިއްޔާ ދަތުރުކުރީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންނާއި، ރަށުގެ ރައްޔިތުން ގުޅިގެން ދިޔައީ ކުރަމުންނެވެ.
ޒަކަރިއްޔާ ފެނުނު ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އެބަދެއެވެ.
އޭނާގެ ހަށިގަނޑު ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

