އ.އ މާޅޮހުގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އޯކިޑުމާގެ، އަބްދުއްރަހުމާން އާދަމް (65އ)ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނައުމަށް ނިންމައިފިއެވެ.
ފުލުހުން ވަނީ، އޭނާގެ ހަށިގަނޑު މާލެ އަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން މީޑިއާތަކާ ހިއްސާކޮށްފައެވެ.
އަބްދުއްރަހުމާން މަރައިލައިފައި ވަނީ އޭނާ ގޭގައި ނިދާފައި އޮއްވައި، ބޮލަށް ގިނަ ޒަހަމްތަކެއް ދިނުމަށް ފަހުގައެވެ. ފުލުހުންނަށް މި މައްސަލަ ހުށަހެޅީ ރޭ ދަންވަރު 1:50 ހާއިރުއެވެ.
މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ރަށަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
އަބްދުއްރަހުމާން އަށް މީހަކު ހަމަލާދިންއިރު، އޭނާގެ އަންހެނުން އޭރު ވަނީ އެހެން ކޮޓަރިއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މާޅޮހު މީހުން ބުނާގޮތުގައި މަސްވެރިކަން ކުރަމުންދިޔަ އަބްދުއްރަހުމާނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ މީހެކެވެ.
ަ
ީ
(ތަފްސީލު އަންނަނީ….)

