ބޭނުންވާ ތަކެތި:

Ads by Asuru

ބޭނުންވާ އަދަދަށް ބަނަސް

½ ޖޯޑު ހަކުރު

އެއް ޖޯޑު ގެރިކިރު

¾ ސައިސަމުސާ ވެނީލާ އެސެންސް

ދެތިން ތިކި ކާކުލަ (ބޭނުން ކުލައަކުން)

 

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ، ހަކުރުކޮޅު މިކްސަރަށް އަޅާ މުގުރާލާށެވެ. އެއްކޮށް ހިމުންވަންދެން މުގުރަންވާނެއެވެ.

ދެން ތަށްޓަކަށް ހަކުރުކޮޅު އަޅާލުމަށްފަހު އޭގެ ތެރެއަށް ގެރިކިރާއި ވެނީލާ އެސެންސް އަދި ކާކުލަކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ވަޅިއަކުން ބަނަސްތައް ފަޅާށެވެ.

ސަމުސަލެއް ބޭނުން ކޮށްގެން ފަޅާފައި ހުރި ތަންތަނުގެ ތެރެއަށް ކްރީމް އަޅާށެވެ.