ފިރިމީހާ ނުވަތަ އަނބިމީހާގެ ބިމެއް އޮތް ކަމުގައި ވިޔަސް، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނި ނުކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ލިބޭނީ ބިންވެރިޔާ ސްކީމްގެ ދަށުން ފިރިމީހާ ނުވަތަ އަނބިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ މީހުންނަށް ކަމަށް ނިންމުމަކީ އާންމުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ.

އެ ނިންމުން ބަދަލުކުރަން ނިންމީ، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި މީހުންނާއެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ކަނޑައަޅާފައިވެއެވެ.

އަދި ހުޅުމާލެއިން 1407 ގޯތި އަދި ގިރާވަރުފަޅުން 5186 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.