ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެ ވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަދި ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް މޯދީ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު ކުރައްވާ މަޝްވަރާތަކުން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މި މަހުގެ 25-26 އަށެވެ.

