ފުރަތަމަ ޞަފްޙާ ޚަބަރު ރިޕޯޓް ދުނިޔެ ވިޔަފާރި ދީން ލައިފްސްޓައިލް
ޚަބަރު
ރިޕޯޓް
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
Advertisement
ރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
އަސުރު އޮންލައިން
25 ޖުލައި 2025

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު ދާއިރާތަކުން ފަހުމުނާމާތަކާއި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ރަސްމިއްޔާތުގައި ސޮއިކުރައްވާފައިވަނީ ތިރީގައި ބަޔާންކޮށްފައި މިވާ ފަހުމުނާމާތަކުގައެވެ.

1. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށް ވެވޭ އެއްބަސްވުން

2. އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރާއިދެމެދު އަމްބްރެލާ ލައިން އޮފް ކްރެޑިޓް (565 މިިލިއަން ޑޮލަރު – އިންޑިއާ ފައިސާއިން) އެއްބަސްވުން

3. އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރާއިދެމެދު ވެވޭ ފަސްޓް އެމެންޑެޓަރީ ޑޮލަރ ކްރެޑިޓް ލައިން އެގްރީމަންޓް

4. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަޒްބަންޑްރީ، އެންޑް ޑެއިރީއިން އާއެކު މަސްވެރިކަމާއި އެކުއާކަލްޗަރގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ވެވޭ އެއްބަސްވުން

5. އިންޑިއަން ފާމަކޯޕިއާ ކޮމިޝަން، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރ އާއެކު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފާމަކޯޕިއާ ކޯޕަރޭޝަން

6. އިންޑިއަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މެޓްރޮލޮޖީ، މިނިސްޓްރީ އޮފް އަރތް ސައިންސަސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އާއި މޯލްޑިވްސް މެޓްރޮލޮޖިކަލް ސަރވިސަސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓް އާއެކު މެޓްރޮލޮޖީ، އެޓްމެސްފެރިކް ސައިންސަސް، ކްލައިމެޓް ސައިންސަސް، އަދި އެންވަރަމަންޓް މޮނިޓަރިންގގެ ދާއިރާއިން އެއްބާރުލުމަށް ވެވޭ އެއްބަސްވުން

7. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އާއެކު ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާއިން އެއްބާރުލުމަށް ވެވޭ އެއްބަސްވުން

8. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއެކު ނެޓްވަރކް-ޓު-ނެޓްވަރކް ކްރޮސް ބޯޑަރ ރެމިޓަންސް ފެށުމަށް ވެވޭ އެއްބަސްވުން

 

މިއެއްބަސްވުންތަކުގައި ސޮއިކުރެވުނީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Comment
Click here to cancel reply.
Ads by HDC
ފަހުގެ ލިޔުންތައް
ރަސްމާލެ މަޝްރޫއު މިހާރު ރާވާފައިވާ ގޮތަށް ކުރިއަށް ނުގެންދިޔުމަށް ރައީސް ސޯލިހު ގޮވާލައްވައިފި
30 އޮކްޓޯބަރ 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ގައުމީ މަޝްރޫއުއެއް ފަށަނީ
30 އޮކްޓޯބަރ 2026
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅޭ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް: ސަލަފު
30 އޮކްޓޯބަރ 2026
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެެއް ހިންނަވަރުގައި
30 އޮކްޓޯބަރ 2026
ޖެހިފައިވާ އެންމެ ބޮޑު މުސީބާތަކީ މި ގައުމަކީ ވެރިންގެ ތަރިކަ މުދާގަނޑެއް ކަމަށް ގަބޫލު ކުރުން: އަލީ
28 އޮކްޓޯބަރ 2026
Copyright 2025 - Asuru Online | All Rights Reserved
Code of Conduct

Editorial Policy