އަވަށްޓެރި ސްރީލަންކާ އިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަން ނިންމައިފިއެވެ.

އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތުއާ ހަވާލާދީ ލަންކާގެ މީޑިއާތަކުގައި ބުނެފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ދިވެހިންނަށް ލަންކާ ސަރުކާރުން މިހާރު ދެނީ އޮންއެރައިވަލް 30 ދުވަހުގެ ވިސާއެވެ.

ނަމަވެސް ކޮންމެވެސް ވަރެއްގެ ފީއެއް ދައްކައިގެން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކޮށްދެއެވެ.

ލަންކާ އިން ދިވެހިންނަށް ވިސާގެ ލުއިތަކެއް ދޭން ނިންމާފައިވާއިރު، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.