ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.
ފުލުހުން ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައި ވަނީ 29 އަހަރުގެ މީހެއް ކަމަށެވެ. އެއީ މާވަށު، ނަލަހިޔާ މޫސާ އިބްރާހިމްއެވެ.
ފުލުހުން ބުނީ މީހަކަށް ހަމަލާދިންކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ.
އަދި ޒަހަމްކޮށްލި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓާ ހަވާލާދީ ފުލުހުން ބުންޏެވެ.
މޫސާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށައިފައެެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި ވެސް އަނިޔާވެރި ގޮތަކަށް 65 އަހަރުގެ ފިރިހެނަކު މަރާލާފައިވެއެވެ.

