ސާޅީސް މީހުންނާ އެކު މާލެއިން ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއްގެ އިންޖީނު މިއަދު ހުއްޓުމާ ގުޅިގެން އޭގައި ތިބި މީހުން ނައިފަރަށް ގެންގޮސް ދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، ’ލައިފްލައިން‘ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓްގައި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި ހަރަކާތްތެރި ވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗަކާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ކަމަށެވެ.

ބޯޓްގެ އިންޖީނު ހުއްޓުނު ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ.