އުމްރާގެ އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދިޔަ ރ. ފައިނަށް ނިސްބަތްވާ މަރިޔަމް ޝިޔާމާ އެވެ.  އޭނާ ނިޔާވި ސަބަބެއް ސާފެއް ނޫނެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ އެ ކުންފުނީގެ ނަމުގައި ޝިޔާމާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މިދިޔަ ހަފްތާގައި ވެސް ރާއްޖޭން އުމްރާގެ އަޅުކަމަށް ދިޔަ މީހަކު ވަނީ ނިޔާވެފައެވެ.