ބާރަށް ވައިޖެހި ކަނޑުތައް ގަދަވެދާނެތީ ހއ. އިން ކ. އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހއ އިން ކ އަތޮޅަށް ޔެލޯ އެލާޓު ނެރެފައިވަނީ ހެނދުނު 7:30 އިން ފެށިގެން މެންދުރު 13:30 އަށެވެ.
”ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވުން“ މެޓު އޮފީހުން ބުންޏެވެ.މި ދުވަސްވަރު މޫސުން ގޯސްވުމުން، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ދަތުރު ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

