ފުވައްމުލަކު ސިޓީގައި ރޭގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރު 2:40 ހާއިރު، އެ ރަށުގެ ފުނާޑު އަވަށުގައި ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ، ނިޔާވި ކުއްޖާ ހުސްނުހީނާ މަގުން ދުއްވާފައި ދަނިކޮށް ސައިކަލު ފާރުގައި ޖެހުމަށްފަހު، ކޮންޓްރޯލް ނުވެގެން ގޮސް އެ ސަރަޙައްދުގައި ހުރި މަގުބައްތީގެ ހޮޅިދަނޑީގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އެ ޒުވާނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް، ރޭ މެންދަމުން އަލިވެ 3:40 ހާއިރު ކަމަށެވެ.