ހުޅުމާލޭގައި ހޮނިހިރު ދުވަހުގެ ރޭ ނުރައްކާތެރިކޮށް ކާރު ދުއްވައި، ފުލުހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން (18އ)އެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހުގައި ކަމަށެވެ.

ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބުނީ ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދިޔުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާ ކަމަށެވެ.

އެ ކާރުގައި އިން އަންހެން މީހާ ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.