ބ. ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާހްކޮށްފިއެވެ.
މިއީ އެމްޑަބްލިޔުއެސްސީއިން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.
ދަރަވަންދޫގެ ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވީ އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
40.29 މިލިއަން ދިވެހި ރުފިޔާގެ މިމަޝްރޫއުގެ ދަށުން، ދަރަވަންދޫގައި، ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އާއި، ސީ އައުޓް ފޯލް އަޅައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފައެވެ.
އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވެސް ވަނީ ގުޅައިދީފައެވެ.
މީގެ އިތުރުން ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.

