އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާ ހިސޯރުކުރުމުގެ ޕްލޭނާ ދެކޮޅަށް އަޑު އުފުލުމަށް މުޅި ރާއްޖޭގައި މިއަދު ”ގައުމީ ބޮޑު އެއްވުން“ ބާއްވަން ތައްޔާރުވެއްޖެއެވެ.

މާލޭގައި މި ހަރަކާތް ފަށާނީ ހަވީރު 4:30 ގައި މާފަންފު ސްޓޭޑިއަމް ޓާފް ގްރައުންޑުންނެވެ.

ޣައްޒާގެ ހާލަތު މިހާރު އޮތީވަޒަންކުރެވޭ ވަރަށް ވުރެ މާ ނިކަމެތި ހާލަތުގައި ކަމަށާއި އިޒްރޭލުން ޣައްޒާ ހިސޯރުކުރުން ނިމުމަކަށް ގެނައުމުށް ގޮވާލައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް ބާއްވާ އެއްވުމުގައި ވީހާ ވެސް ގިނަ ބަޔަކު ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ގޮވާލައެވެ.

އިޒްރޭލުން ދަނީ އޮކްޓޯބަރު 7، 2023 އިން ފެށިގެން ގާޒާގައި ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ.

ޔަހޫދީންގެ އުދުވާނީ ހަމަލާތަކުގައި މިހައިތަނަށް 61،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.