ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގީ ލ. ފޮނަދޫ އިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
ފުލުހުން ބުނީ، މި މައްސަލަ މިރޭ 19:18 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ޒެބްރޯ ކްރޮސް އިން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ނިޔާވީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

