ބޭނުންވާނެތަކެތި:

250 ގ މާރީ ބިސްކޯދު

125 ގ ބަޓަރ

375 ގ ކްރީމް ޗީސް

1 ލުނބޯ ތޮށި (ގާނާފައި)

2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ލުނބޯ ހުތް

400 ގ ގެރިކިރު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ހިމުންކޮށްފައި ހުރި މާރީ ބިސްކޯދު ޓްރޭއަށް އަޅާލާށެވެ. އަދި ފިނިކުރަން އަލަމާރީގައި 15 މިނިޓު ވަންދެން ބަހައްޓާށެވެ.

އެއަށްފަހުގައި، ކްރީމް ޗީސް ކޮޅު ރަނގަޅަށް މިކްސް ކުރާށެވެ.

ރަނގަޅަށް އޮމާން އޭގެ ތެރެއަށް ގާނާފައިހުރި ލުނބޯ ތޮށި ކޮޅާއި އެސެންސް އަޅާފައި އެއް ކުރާށެވެ.

މިކްސް ކުރަމުން ދާވަރަކަށް ގެރިކިރާއި ލުނބޯ ހުތް އަޅާފައި ރަނގަޅަށް އެއްކުރާށެވެ.

ދެން ކުރިން ޓްރޭއަށް އެޅި ބިސްކޯދު ތެރެއަށް ފަހުން އެއް ކުރި ޗީޒް އަޅާލާށެވެ.

އަދި ފްރިޖުގައި 6 ގަޑިއިރު ވަންދެން ބަހައްޓާށެވެ.