އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދުު މުއިއްޒު މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުރަތަމަ ރަށަކަށް ހިމަންދު އަށް ވަޑައިގެންގެނެވެ.

އެގޮތުން ހިމަންދޫ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

އަރިހުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި އެ މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަ (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްގެ އިތުރުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް ވެސް ބައިވެރިވެވަޑައިގަތެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 57 ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމުމެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ.