އއ. މާޅޮހުގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުމުގައި އިއްޔެ ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްއެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 53.8 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

