އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ވަނީ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ބުނެފައެވެ.
އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.
މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްވެސް ހަދާފައެވެ.
އަދި އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ކަމަށް ފުލުހުން ބުންޏެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ބައެއް މީހުންގެ ފޯނާއި އަންނައުނު މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

