މިއަދު ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހިނގާލުން ފަށާނީ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުން ކަމަށެވެ. މި ހިނގާލުން ނިންމައިލާނީ ކަޅުތުއްކަލާ ކޮއްޓަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފްގެ ޝަރަފުގެ މި ހިނގާލުން ހަތަރު ސަރަހައްދަކަށް ހުއްޓާނެއެވެ.

އެއީ ސޯސަންމަގު ދިވެހި ބަހުގެ އެކެޑަމީ ކުރިމައްޗަށާއި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި އާއި މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗަށެވެ.