ހދ. ކުމުންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަމީނެވެ.
ކުމުންދޫގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށި އިރު، އެ ރަށުގައި އަޅަން ނިންމި ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް އިއްޔެ އަޅާފައިވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ފުލުހުންގެ ހިދުމަތް ގާއިމު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

