ރާއްޖޭގެ ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް، ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންނަކިީ ނަޒާހާތްތެރި ބަޔަކަށްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުގެ ޒިންމާތައް ބޮޑު ކަމަށާއި މުވައްޒަފުންނަކީ އިހުލާސްތެރި އަދި ނަޒާހާތްތެރި ބަޔަކަށްވާން ޖެހޭ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންނަކީ އަބަދުވެސް ނަޒާހާތްތެރި، އަހުލާގީ، އިހުލާސްތެރި އަދި އިތުބާރު ހިފޭ ބަޔަކަށްވާން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ ސަބަބުން، މުވައްޒަފުންނަށް ކުރިން ނުލިބޭ އެތައް ހައްގެއް ލިބިފައިވާ ކަމަށާއި ގާނޫނީ ބާރުވެރިކަން ލިބުމުން މަސައްކަތްތައް އަވަސްވެ، ހިންގުން ހަރުދަނާވެފައިވާ ކަމަށެވެ.