މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ގަނޑުކުރި ލޮލީ، ނުވަތަ ޕޮޕްސިކަލްއެއްގެ ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
ކަރާ (އެއް ޖޯޑު، ކޮށާފައި)
6 ސްޓްރޯބެރީ
ލުނބޯ ހުތްކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ކަރާކޮޅާއި ސްޓްރޯބެރީ އަދި ލުނބޯ ހުތްކޮޅު މިކްސަރަށް އަޅައި ބްލެންޑު ކޮށްލާށެވެ. އަދި ޕޮޕްސިކަލް މޯލްޑް ޓްރޭއަށް އަޅައި، 4 ގަޑިއިރު ވަންދެން ނުވަތަ މުޅި ރޭ ވެސް ފިނި ކުރަން ބަހައްޓާށެވެ.
މިއީ ހޫނު ދުވަސްވަރު ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ބުއިމަށް ރަނގަޅު އެއްޗަކަށް ވާނެއެވެ. ކަރުހިއްކުން ފިލުވައިލާނެ މި ޕޮޕްސިކަލް އިން ކަރާ، ސްޓްރޯބެރީ، އަދި ލުނބޯއިން ލިބޭ ފައިދާތައް ލިބޭނެއެވެ.

