ކައްކާ އެއްޗެއްގެ ލޮނު ރަހަ ގަދަ ވުމަކީ މަދުން ނަމަވެސް ދިމާވެދާނެ މައްސަލައެކެވެ. މިކަން ދިމާވުމުން، ތިބާ ނިކަން ބުރަ މަސައްކަތުން ތައްޔާރު ކުރި ކެއުމުގައި ހުންނާން ޖެހޭ މީރު ރަހަ މުޅީންހެން ނެތިކޮށްލައެވެ.

ކާއެއްޗެއް ލޮނު ގަދަކޮށް ކެއްކިއްޖެ ނަމަ، އެ މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ހުރެއެވެ.

މި ހިއްސާ ކޮށްލަނީ، ކާބޯތަކެތީގެ ލޮނު ގަދަ ވެއްޖެނަމަ، އެ ރަހަ މަޑުކޮށް، ލޮނު ހެޔޮވަރު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ލޮނު ގަދަވީ، ދިޔާ ކާއެއްޗެއްގެ ނަމަ، އެއަށް ފެން އިތުރު ކުރެވިދާނެއެވެ. އަދި ރިހަ ފަދަ އެއްޗެއް ނަމަ، އެއަށް އިތުރަށް ކާށި ކިރު އަޅައިލާށެވެ. ނޫންނަމަ، ތޮށި މަށައިލައިފައިވާ ކުޑަ އަލުވި ކޮޅެއް ރިހަ ތެއްޔަށް ލާށެވެ. މިގޮތަށް ކަންތައް ކުރުމުން، ގަދަ ލޮނު ރަހަ، އަލުވި ކޮޅުގެ ތެރެއަށް ދަމައިލާނެއެވެ.

ލޮނު ރަހަ ގަދަކޮށް ތައްޔާރު ކުރެވުނީ، ކްރީމް ސޯސް ކަހަލަ އެއްޗެއް ނަމަ، އޭގެ ތެރެއަށް ޑެއިރީ އިތުރު ކުރާށެވެ. މިސާލަކަށް ސޯސްގެ ތެރެއަށް ހެވީ ކްރީމް އިތުރު ކުރެވިދާނެއެވެ.

އަދި ލޮނު ގަދަވީ ފޮނި ކާއެއްޗެއްގެ ނަމަ، އެއަށް އަޅާ ހަކުރު އިތުރު ކޮށްލެވިދާނެއެވެ. އެ ކެއުމެއްގައި ހިމެނޭ އެހެން ރަހަތައް އިތުރު ކުރުމުން، ލޮނު ރަހަ މަޑުވެގެން ދާނެއެވެ.

ިމިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ކާއެއްޗެއްސަށް ލޮނު އެޅޭ މިންވަރާއިމެދުގައި ސަމާލުވުމެވެ.

 

ު

 

 

 

 

 

 

ީ

ި

 

 

 

ު