ބަޖެޓްގެ ދަތިކަމާއި އެކުވެސް މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން ދަނީ ކޮންމެ ދުވަހަކުވެސް ކެނޑިޅޭނި މަސައްކަތް ކުރަމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިފަދައިން ވިދާޅުވީ މޭޔަރު މުޢިއްޒުގެ ކޮމިޔުނިޓީ ވައިބަރ ގްރޫޕްގައި ލިޔުއްވި މެސެއްޖެއްގައެވެ.

މޭޔަރުގެ މެސެޖްގައި ވިދާޅުވީ މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރަން މި ކައުންސިލުން ދަނީ ކެނޑިނޭޅި ކޮންމެ ދުވަހަކުވެސް ވަރަށްގިނަ މަސައްކަތްތައް ކުރަމުން ކަމަށާއި، ބަޖެޓްގެ ތާށިކަމުގެ ތެރެއިންނާއި، ސަރުކާރުން ކުރިމަތި ކުރުވާ ހުރަސްތަކާއިއެކުވެސް ކައުންސިލުން މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

ކަމެއްދިމާވުމުން ކުރެވޭ މަސައްކަތްތައް ނުފެންނާނެ ކަމަށާއި، އެކަންކަން ފާހަގަވެސް ނުކުރާނެ ކަމާއި، އެއީ ކޮންމެ ތަނެއްގައިވެސް އެކަން ހިނގާގޮތްކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވަނީ ހަލާކުވެފައިހުރި ކާނުގަނޑަކުން ރޭގައި ތުއްތު ކުއްޖަކަށް ދިމާވި ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެ ހާދިސާގެ ރިޕޯޓު ކައުންސިލަށް ލިބުނުތާ އެއްގަޑިއިރުވެސް ނުވަނީސް، އެކާނު މަތިގަނޑު ރަނގަޅު ކުރިކަންވެސް ފާހަަގަކުރައްވާފައެވެ.

މާލެ އަދި ވިލިމާލޭގެ މަގުތަކުގެ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މާލެ ސިޓީކައުންސިލްގެ ޓީމުން ކުރަމުންގެންދާކަން ފާހަގަކޮށްލެވެއެވެ.

އަދި މި މަސައްކަތްތަކުގެ ތަފްސީލް ސޯޝަލް މީޑިއާގައި ކައުންސިލްގެ ރަސްމީ އެކައުންޓްތަކުން ދަނީ ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެމުންނެވެ.