ފިލިޕިންސްއަށް ބާރުގަދަ ދެ ބިންހެލުން އައިތާ ހަފްތާއެއް ފަހުން، އަނެއްކާވެސް އިތުރު ބިންހެލުމެއް އަތުވެއްޖެއެވެ.
އިއްޔެ އައި މި ބިންހެލުން އައިސްފައި ވަނީ، 6.1 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. ސުރިގައޯ ޑެލް ނޯޓެ ޕްރޮވިންސަށް، 69 ކިލޯމީޓަރު އަޑިން އައި ބިންހެލުމުގެ ލޮޅުމުގެ އަސަރު ހުރީ ކުޑަ ވަގުތު ކޮޅަކަށް ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެއެވެ.
މީގެ ހަފްތާއެއް ކުރިން ފިލިޕިންސްގެ މެދުތެރޭ، ސެބޫ ޕްރޮވިންސް އަށް 7.4 އަދި 6.7 މެގްނިޓިއުޑްގެ 2 ބިންހެލުމެއް އައިސްފައިވެއެވެ.
އޭގެ ކުރިން އައި 6.9 މެގްނިޓިއުޑްގެ ބިންހެލުމުގައި، 76 މީހުން މަރުވެ، 76000 އަށްވުރެ ގިނަ އިމާރާތް ހަލާކުވެފައިވެއެވެ.

